މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ފެތުރޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ފެތުރޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި

Author
އަހުމަދު
04 މެއި 2026 01:41
0

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ބަނގުރާ ސާވްކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު ދައުރުވަމުންދާ އެފަދަ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ފްލައިޓްތަކުގައި އަލްކޮހޯލްގެ ޚިދުމަތް ދިނުމަށް އެއްވެސް ވަރަކަށް ރާވާފައި ނުވާނެކަމުގެ ޔަޤީންކަން މޯލްޑިވިއަނުން ވަނީ ދީފައެވެ.

މީގެ އިތުރުން، އެއްވެސް އަސާސެއް ނެތް މިފަދަ ދޮގު މަޢުލޫމާތުތައް މީސްމީޑިއާގައި ނުފެތުރުމަށާއި، ސައްހަކަން ކަށަވަރުނުވާ ވާހަކަތައް އާންމުންގެ މެދުގައި ޙިއްސާނުކުރުމަށް އެ ކުންފުނިން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.