ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، އާންމު ހާލަތަކަށް ގެނެސްފި

ފުލުހުންގެ އިމަޖެންސީ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، އާންމު ހާލަތަކަށް ގެނެސްފި

Author
އަހުމަދު
04 މެއި 2026 09:56
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމަޖެންސީ ނަންބަރުތަކަށް މިއަދު ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފިއެވެ.

ފުލުހުންގެ މައި އިމަޖެންސީ ނަންބަރު 911 ގެ އިތުރުން، ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށް ގުޅުމުގައި މިއަދު ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. މި ޓެކްނިކަލް މައްސަލަ ދިމާވުމާ ގުޅިގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ނަންބަރެއްގެ ގޮތުގައި 9888999 އަށް ގުޅުމަށް ފުލުހުން ކުރިން އިލްތިމާސްކުރިއެވެ. ނަމަވެސް، ފުލުހުން ދެންމެ ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައެވެ. އަދި ކުރިންވެސް ބޭނުންކުރަމުން އައި އިމަޖެންސީ ލައިނާއި ހޮޓްލައިންތަކަށް މިހާރު އެއްވެސް ދަތިކަމަކާ ނުލައި ގުޅޭނެކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.