ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް އާދަޔާޚިލާފަށް ވިއްސާރަކޮށް ހޫނުގަދަވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް އާދަޔާޚިލާފަށް ވިއްސާރަކޮށް ހޫނުގަދަވާނެކަމަށް ލަފާކޮށްފި

Author
އަހުމަދު
03 މެއި 2026 04:05
0

އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އާދަޔާޚިލާފަށް ވާރޭވެހި، ފިނިހޫނުމިން މައްޗަށް ދާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

މިއަހަރުގެ ހުޅަނގު މޫސުމާ ގުޅޭގޮތުން މެޓް އޮފީހުން 'އެކްސް' ގައި މިއަދު އާންމުކުރި މައުލޫމާތާއި ޗާޓުތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް މަސްތަކަކީ އާންމުކޮށް ވެސް ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި ވާރޭވެހޭ މިންވަރު އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވާނެއެވެ. އެހެންކަމުން މިއީ މޫސުމީ ގޮތުން ތަފާތު އަހަރަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ.

ބޯކޮށް ވާރޭވެހުމުގެ އިތުރުން، މޫސުން ގޯސްވާ މި ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިންވެސް އާދަޔާޚިލާފަށް މައްޗަށް ދާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ހަމައެހެންމެ، ފިނިހޫނުމިން އެންމެ ދަށްވާނެކަމަށް ބެލެވޭ މިންވަރުވެސް ފާއިތުވި އަހަރުތަކާ ބޮޑުތަނުން ތަފާތުވާނެކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.