އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރުމާ ކެންޑިޑޭޓުން ދެކޮޅު!

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރުމާ ކެންޑިޑޭޓުން ދެކޮޅު!

Author
އަހުމަދު
02 މެއި 2026 10:36
0

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހުށަހެޅުއްވުމުން، އެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިޚާބުތައް ފަސްކުރަން ހުށަހެޅުއްވީ ފައިސާގެ ދަތިކަމާއި، މި ދަނޑިވަޅުގައި އިންތިޚާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެދާނެކަމަށް ވިދާޅުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ އިންތިޚާބު ލަސްކުރުމަކީ އާންމު މެންބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާން ޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް މަންފާވާ ގޮތަށް އިންތިޚާބަށް ނުފޫޒު ނުފޯރުވުމަށާއި، ކޮމިޓީގެ ނިންމުންތަކަށް އިހުތިރާމްކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން އޭނާގެ ޓީމު އޮތީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލްގެ މި ވާހަކަތަކަށް ތާއީދުކުރައްވައި ފައްޔާޒު ވިދާޅުވީ އިންތިޚާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިޚާބަށް ބޭނުންވާ ފައިސާވެސް ހޯދޭނެ ކަމަށެވެ. އަދި އޭނާ ވަނީ އިންތިޚާބު ލަސްކުރުމުގެ ބަދަލުގައި އަވަސްކުރުމަށް ގޮވާލައްވާފައެވެ.

އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބަށް ހުރިހާ ކެންޑިޑޭޓުންވެސް މިހާރު އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.