އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ފޯމު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދު މި މަގާމަށް ކުރިމަތިލެއްވުމަށް ފޯމު ހުށަހެޅުއްވީ ނިމިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން މެމްބަރު މީކާއިލް ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ފޯމު ހުށަހަޅުއްވާފައެވެ. މި އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު މެންދުރުފަހު 2:00 އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް، ވާދަވެރި ދެ ކެންޑިޑޭޓުން ފޯމު ހުށަހަޅުއްވާފައި ވަނިކޮށް، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ މި އިންތިހާބު ފަސްކުރުމަށް ހުށަހަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ