މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

Author
އަހުމަދު
29 އޭޕްރިލް 2026 09:23
0

ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 05:00 އިން ފެށިގެން 10:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން މިހާ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ސަލާމަތީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަށް މެޓް އޮފީހާއި ޤައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރެއް ފިޔަވައި، ކަނޑުމަތީގެ އެހެން ދަތުރުތައް މި ވަގުތު ނުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.