ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މާލެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމުގެ އަމުރަކާ ގުޅިގެން ބަންދުކޮށްފައި ހުރި، ނ. ވެލިދޫ / ވަނީ، އުމުރުން 45 އަހަރުގެ މުހައްމަދު އަލީމަނިކެވެ. ބަންދު ގޮޅީގައި އޭނާ ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގައިދިޔަ ގޮތް އިތުރަށް ދެނެގަތުމަށްޓަކައި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ