އައްޑޫ އަދި މާލޭގެ ކެމްޕޭނަށްވެސް އެމްޑީޕީ ޓީމާއެކު ވަޑައިގަތުމަށް ނަޝީދު ބޭނުންފުޅެއް ނުވި: ގަޕޯ

އައްޑޫ އަދި މާލޭގެ ކެމްޕޭނަށްވެސް އެމްޑީޕީ ޓީމާއެކު ވަޑައިގަތުމަށް ނަޝީދު ބޭނުންފުޅެއް ނުވި: ގަޕޯ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 08:03
0

އެމްޑީޕީގެ ކެމްޕޭން ޓީމާއެކު އައްޑޫ ސިޓީ އަދި މާލޭ ސިޓީގެ ގޮނޑިތަކަށް ކެމްޕޭން ކޮށްދެއްވުމަށް އެދުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް އިޖާބަދެއްވާފައި ނުވާކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު (ގަޕޯ) ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ގަޕޯ ވިދާޅުވީ، އެމްޑީޕީގެ ޓީމާއެކު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ރަސްމީކޮށް ދައުވަތު އެރުވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޕާޓީގެ ޓީމާއެކު ވަޑައިނުގެން، ވަކިން އައްޑުއަށް ވަޑައިގަތީ އެތާނގައި އޮތް ބޮޑު ކްރައުޑް (ތާއީދުކުރާ މީހުންގެ އަދަދު) ފެނިވަޑައިގަތުމުން ކަމަށް ގަޕޯ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިތުރުން، މާލޭގެ ކެމްޕޭނުގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭގެ މޭޔަރު ކަމަށާއި، މާލޭގެ އެކި ގޮނޑިތަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް އެދުމުންވެސް، ގަޕޯ ވިދާޅުވި ގޮތުގައި މާލޭގެ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކަށް ރައީސް ނަޝީދު ވަޑައިގެންފައެއް ނުވެއެވެ.

ގަޕޯ މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނުން އަންނަނީ، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަޤާމުން ގަޕޯ ދުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ޕާޓީގެ އިސް ސަފުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.