ލަންކާގައި ތާށިވެފައިވާ 80 ކޮންޓެއިނަރެއް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

ލަންކާގައި ތާށިވެފައިވާ 80 ކޮންޓެއިނަރެއް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 01:12
0

ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން ބާޒާރަށް އެންމެ މުހިންމު 80 ކޮންޓެއިނަރެއް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަށް މުދާ ގެންނަން ހަމަޖެހިފައިވާ 4،200 ކޮންޓެއިނަރު ކޮލަމްބޯގައި ލަސްވެ ތާށިވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރަށް މުދާ ލިބުމުގައި ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެހެން ބޭނުންވާ މުދާ ހުރި ކޮންޓެއިނަރުތައް ގެނައުން އަވަސްކުރުމަށް ލަންކާގެ ކަމާގުޅޭ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރިވެރިންގެ އެދުމުގެ މަތިން މިވަގުތު އެންމެ ބޮޑަށް އިސްކަންދީގެން އަވަސްކުރަން މަސައްކަތްކުރަނީ ސަންފްލާވާ ތެލާއި ކިރު ހުރި ކޮންޓެއިނަރުތަކެވެ. މި ބާވަތްތައް ބާޒާރުން އަދި ހުސްނުވި ނަމަވެސް، ސަރުކާރުގެ އަމާޒަކީ މުދާ ހުސްވިޔަނުދީ، އާންމުންނަށް އެއްވެސް ދަތިކަމަކާ ނުލައި އެތަކެތި ލިބޭނެ އިންތިޒާމު ކުރިޔާލައި ހަމަޖެއްސުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.