ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 11:45
0

މެދުކަނޑާލާފައިވާ ގަތަރު އެއާވޭސްގެ ދަތުރުތައް އަންނަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލާފައި އޮތުމަށްފަހު، އަލުން ދަތުރުތައް ފަށަން ތާވަލުކޮށްފައިވާކަން ހާމަކުރީ ވިޒިޓް މޯލްޑިވްސް އިންނެވެ. އެގޮތުން ދޯހާއާއި މާލެއާ ދެމެދު ހަފުތާއަކު ފަސް ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝެޑިއުލާ އެއްގޮތަށް އެޕްރީލް 15 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ކުރިއަށްދާނެއެވެ.

އެޕްރީލް 15 ގެ ފަހުން ދަތުރުތައް އޮންނާނެ ގޮތުގެ ތަފްސީލީ ޝެޑިއުލެއް ފަހުން އިއުލާނުކުރާނެއެވެ. ނަމަވެސް، އެވަގުތެއްގެ ހާލަތަށް ބަލައި ދަތުރުތަކުގެ ތާވަލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. ގަތަރު އެއާވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެއް އެއާލައިނަށް ވާއިރު، މިއަހަރުގެ ތެރޭގައި ދަތުރުތައް މެދުކަނޑާލުމާ ހަމައަށްވެސް 16،000 އަށްވުރެ ގިނަ ފަތުރުވެރިން އެ އެއާލައިން މެދުވެރިކޮށް ރާއްޖެ އައިސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.