މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީއަށް!

މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީއަށް!

Author
އަހުމަދު
21 މާރޗް 2026 02:59
0

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާއިރު، މާލެ ސަރަހައްދަށް 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ މިއަދު ހެނދުނު 11:00 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ހޫނުގަދަ ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުލެ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދަށް 37.1 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވެއެވެ. މީގެ އިތުރުން އުތުރުން ހަނިމާދޫ އަދި ދެކުނުން ކާޑޭއްދޫއަށް 34.9 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވޭއިރު، ކައްދޫއަށް 34.6 ޑިގްރީ ސެލްސިއަސް އަދި އައްޑޫ ސިޓީ ގަމަށް 33.7 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވޭކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ މައިގަނޑު ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން ނަގާ މި މައުލޫމާތުތައް، ކޮންމެ ދުވަހެއްގެވެސް ހެނދުނު 11:00، މެންދުރުފަހު 14:00 އަދި ހަވީރު 17:00 ގައި މެޓް އޮފީހުގެ ރަސްމީ ވައިބާ ގްރޫޕް މެދުވެރިކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، އާންމުގޮތެއްގައި ދުވާލުގެ ވަގުތުތަކުގެ ތެރެއިން އެންމެ ހޫނުގަދަވާނީ މެންދުރުފަހު 14:00 ހާއިރު ކަމަށްވެސް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.