އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ހަތަރެއް ނުވަތަ ހަ ހަފުތާގެ ތެރޭގައި ނިމުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމައިގެ އަމާޒާއި، ހޭދަވާނެ މުއްދަތާއި، އަދި ކާމިޔާބީ ކިރާނެ މިންގަނޑަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހުކުރު ދުވަހުގެ ރޭ ޓްރަމްޕް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އީރާނުގެ އަސްކަރީ ބާރު ކަނޑުވާލުމަށާއި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެ ގައުމަށް ހަނިކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ހޯދިފައިވާ ކަމަށެވެ.
ހަނގުރާމައިގެ މިސްރާބު މިހެން ހުރި ނަމަވެސް، އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރާފާނެ ކަމަށް ފެތުރެމުންދާ އަޑުތަކާ ގުޅޭގޮތުން ޓްރަމްޕް އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ