މެލޭޝިޔާއަށް ހަނދު ނުފެނުނު، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މެލޭޝިޔާއަށް ހަނދު ނުފެނުނު، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

Author
އަހުމަދު
17 ފެބްރުއަރީ 2026 06:45
0

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް މެލޭޝިޔާ ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް މިއަދު އިރުއޮއްސުމާއެކު ބެލިބެލުމުން އެގައުމުގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައެއް ނުވެއެވެ. އެހެންކަމުން މާދަމާ، 18 ފެބްރުއަރީ ވާ ބުދަ ދުވަހަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ރޯދަ މަހުގެ 1 ވަނަ ދުވަހަކީ 19 ފެބްރުއަރީ ވާ ބުރާސްފަތި ދުވަސް ކަމަށް އެގައުމުން ވަނީ ކަނޑައަޅާފައެވެ. މެލޭޝިޔާއިން މިގޮތަށް ނިންމާފައިވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި ކަނޑައަޅާފައިވާ 29 ސަރަހައްދެއްގައި ހަނދު ބެލުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށްފަހުގައެވެ.

މެލޭޝިޔާގެ އިތުރުން އިސްލާމީ އަދި އެހެނިހެން ބައެއް ގައުމުތަކުން ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ސިންގަޕޫރު، ބުރުނާއީ، އޮމާން، ތުރުކީ އަދި ފްރާންސް ހިމެނެއެވެ. މި ގައުމުތަކަށް ވެސް މިރޭ ހަނދު ފެނިފައި ނުވާތީ، މާދަމާއަކީ ޝަޢުބާން މަހުގެ ފަހު ދުވަސް ކަމަށް ވަނީ ބަލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.