ބިގްބޮސް14: ސަލްމާން ރުއީ ކުޑަކުއްޖެއް ހެން ތަ؟

ބިގްބޮސް14: ސަލްމާން ރުއީ ކުޑަކުއްޖެއް ހެން ތަ؟

Author
ފާތިމަތު ނާވީ
11 ޖެނުއަރީ 2021 01:43
0

"ބިގްބޮސް14″ގެ ރޭގެ އެޕިސޯޑަކީ ވަރަށް އިމޯޝަންލް އެޕިސޯޑެކެވެ. މި އެޕިސޯޑުގައި ރުބީނާ ދިލައިކް، އަބިނަވް ޝުކުލާ، ޖޭސްމިން ބާސިން އަދި އަލީ ގޯނީގެ ތެރެއިން ކޮންމެސް އެކަކު ޝޯވް އާ ވަކިވާކަމާއި ވަކިވާ މީހެއްގެ ސަބަބުން ސަލްމާން ލޮލުން ކަރުނަ އަންނަކަން އެޕިސޯޑްގެ ޕްރޮމޯގައިވަނީ ދިއްކާފައެވެ.

ބިގްބޮސްގެ ގެއިން ރޭގައި ނުކުންނަންޖެހުނީ ޖޭސްމިންއަށެވެ. އެއާއެކު އޭނާގެ ލޯބިވެރިޔާ އަލީ ގޯނީއަށް ވީގޮތްފެނި ސަލްމާންގެ ލޮލުންވެސް ކަރުނަ އައެވެ. އެޕިސޯޑްގެ ޕްރޮމޯ އާންމު ކުރުމުން ފާޑުކިޔާ ބައެއް މީހުން އޭރު ބުނީ ސަލްމާން ކުޑަކުއްޖެއްހެން ރޮނީ ކަމަށެވެ.

ރޭގެ ޝޯވްގައި ބިގްބޮސްއާ އަލްވަދާއުކީ ޖޭސްމިން އަކީ މުޅި ސޯވްގައި ވެސް ހޯސްޓް ސަލްމާނަށް އެންމެ ހާއްސަ އެއް ބައިވެރިޔާވެސް މެއެވެ. ބިގްބޮސްގެ ގެއިން ނުކުތުމަށްފަހު ޖޭސްމިން ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، އޭނާގެ ހުރިހާ ސަޕޯޓަރުންވެސް އަލީ އަށް ބިގްބޮސް14 ކާމިޔާބުކޮށްދޭން އެހީތެރިވުމަށް އެދިފައެވެ.

"ބިގްބޮސް14″ގެ ރޭގެ އެޕިސޯޑްގައި ސަލްމާން އަލަށް ބިގްބޮސްގެ ގޭތޭރެއަށް ވަދެ، ނިކީ ތަންބޯލީ ކަންކަން ހުރިގޮތުން ހިތްހަމަނުޖެހި، ރާކީ ސާވަންތުގެ އެނދު ސާފުކޮށްދެއެވެ. މީގެ އިތުރުން ސަލްމާން ރުބީނާ އާއި އަބީނަވް ދެކެ ރުޅިއައިސްގެ އެއްޗެހިކިޔާ މަންޒަރުވެސް ފެނިގެންދިޔަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nainaa
ali over acting ge dhukkan actor in veema act kollee kureega nukumegen dhiya ee evves varakah nu roi