ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލަން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލަން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް

Author
ޙަސަން މުޙައްމަދު
10 ފެބްރުއަރީ 2026 05:12
0

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެކަމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރި ނަމަވެސް، ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގެ މަތިން މި އިސްލާހު ތަސްދީގުކޮށް ޢަމަލުކުރަން ފެށޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެންނެވެ.

މި އިސްލާހާ ގުޅިގެން ހިނގަމުންމިދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެގެންދާނެއެވެ. އެގޮތުން، ކުރިން އޮތް ގޮތަށްނަމަ 2029 ވަނަ އަހަރާ ހަމައަށް މި ދައުރު ދެމިގެންދިޔަ ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިހާރުގެ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އަންނަ މަޖިލިސް އިންތިޚާބު ބާއްވާނީ ރިޔާސީ އިންތިޚާބާ އެކުއެކީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.