ރާއްޖޭގެ އުތުރުގެ 13 ފަޅެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ.
މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މާރިޗު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ.
މީގެ އިތުރުން، ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރުމުން އެ މަޢުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ