ދީޕިކާ އާއި ޖެކޮލިން ކުޑައިރުގެ ފޮޓޯއިންވެސް އެނގޭދޯ؟

ދީޕިކާ އާއި ޖެކޮލިން ކުޑައިރުގެ ފޮޓޯއިންވެސް އެނގޭދޯ؟

މި ދެފޮޓޯއަކީ މި ދެތިން ދުވަހު ސޯޝަލް މީޑިއާގައި ވަރަށްބޮޑު ސަމާލުކަމެއް ލިބުނު 2 ފޮޓޯއެވެ. ބޮލީވުޑްގެ މަޝްހޫރު 2 ތަރިން ކަމަށްވާ ދީޕިކާ ޕަޑްކޯން އާއި ޖެކޮލިން ފެރްނާންޑޭޒްގެ ގެ މި 2 ފޮޓޯއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފައެވެ.

ފުރަތަމަ، ފޮޓޯގެ ކަނާތްފަރާތުގައި އެއީ ދީޕިކާ ޕަޑްކޯންގެ 35 ވަނަ އުފަންދުވަސް ކަމަށްވާ މި މަހުގެ 5 ވަނަ ދުވަހު އޭނަގެ ފިރިމީހާ ރަންވީރް ސިންގ އިންސްޓަގްރާމްގައި ދީޕިކާއަށް އުފަންދުވަހުގެ ތަހުނިޔާ އަދާކޮށް އާންމުކުރި ފޮޓޯއެކެވެ. އެ ފޮޓޯގައި ކުޑަކުޑަ ދިޕިކާ އިން ލޯބިކަމުން، އޭނާގެ ހިނިތުންވުމަށް ގިނަ ބަޔަކު ތައުރީފްކޮށް ކޮމެންޓްކޮށްފައިވެ އެވެ.

ފޮޓޯގެ ކެޕްޝަންގައި ރަންވީރް ލިޔެފައިވަނީ އެއީ އޭނާގެ ޖާނާއި ފުރާނަ ކަމަށާއި "ގުޑިޔާ" ކަމަށެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

އަނެއް ފޮޓޯއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކޮލިން އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ހިއްސާކޮށްފައިވާ ފޮޓޯއެކެވެ. އޭނާގެ މި ފޮޓޯއިން ފެންނަ މައުސޫމް ހިނިތުންވުން ފޮޓޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާގެ ހިނިތުންވުން މިހާރުވެސް އެއާ ރީތި ކަމަށް ގިނަ ފޭނުން ބުނެފައިވެއެވެ.

ޖެކޮލިންގެ މި ފޮޓޯއަކީ ޕާސްޕޯޓެއް ފަދަ އެއްޗެއްގައި ޖަހާފައި އިން ފޮޓޯއެކެވެ.

ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ 35 އަހަރުގެ ޖެކޮލިން އަކީ ސްރީލަންކާއަށް ނިސްބަތްވާ ތަރިއެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރު ލަންކާގެ މިސް ޔުނިވަރސްގެ ތާޖު ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *