ރާދޭގައި ދިޝާ، ޖެކީ ޝްރޮފްގެ ކޮއްކޮއަކަށް!

ރާދޭގައި ދިޝާ، ޖެކީ ޝްރޮފްގެ ކޮއްކޮއަކަށް!

Author
ޢަލީ އާދަމް
10 ޖެނުއަރީ 2021 08:38
0

ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ސަލްމާން ޚާންގެ ފިލްމު "ރާދޭ"ގައި ދިޝާ ޕަޓާނީ ފެންނާނީ ޖެކީ ޝްރޯފް ކޮއްކޮގެ ރޯލުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާން ޚާން ފިލްމްސް އިން ގެނެސްދޭ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަކީ ސަލްމާގެ ފޭނުން މިވަގުތު އެންމެ ކެތްމަދުވެފައިވާ ފިލްމެވެ. ސަލްމާންގެ އުފަންދުވަހު، މި ފިލްމު އަޅުވާނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކުރުމުން ބުނީ، އާންމުންނަށް ރައްކާތެރިކަމާއެކު ފިލްމު ބަލަން ނުކުމެއުޅެވޭނެ ދުވަހެއް ސީދާ ނޭނގޭއިރު ފިލްމު އަޅުވާނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މިއަހަރުގެ އަހަރުގެ ޢީދާ ހަމައަށް ކަންކަން ރަނގަޅުވެއްޖެ ނަމަ އެއީ އޭއީ ފިލްމު ރިލީސްކުރާނެ ދުވަސް ކަމަށްވެސް ސަލްމާން ބުންޏެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން ދިޝާ ޕަޓާނީ، ޖެކީ ޝްރޯފް އަދި ރަންދީޕް ހޫޑާ މުހިންމު ރޯލުތަކުން ފެންނާނެއެވެ. އެންމެ ފަހުގެ ރިޕޯޓްތަށް ބުނާގޮތުން ފިލްމުގައި ޖެކީ ޝްރޯފް ފުލުހެއްގެ ރޯލުން ފެންނައިރު ޑިޝާ ޕަޓާނީ ފެންނާނީ ޖެކީގެ ކޮއްކޮގެ ރޯލުންނެވެ.

 

View this post on Instagram

 

A post shared by disha patani (paatni) (@dishapatani)

ޖެކީ ޝްރޯފްއަކީ ދިޝާގެ ލޯބިވެރިޔާގެ ގޮތުގައި މުޅި ބޮލީވުޑްގައި އަޑުފެތުރިފައިވާ ޓައިގާ ޝްރޮފްގެ ބައްޕައެވެ. މީގެކުރިން ޖެކީ އާއި ދިޝާ ވަނީ ސަލްމާންގެ އެންމެ ފަހުން ނުކުއިތް ފިލްމު "ބާރަތު" ގައި މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ދެމީހުން އެކުގައި ފެންނަ އެއްވެސް މަންޒަރެއް އެފިލްމުގައި ނެތެވެ. ނަމަވެސް "ރާދޭ"ގައި ގިނަ މަންޒަރުތަކަކުން ދިޝާ އާއި ޖެކީ އެކުގައި ފެންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ހުރިހާ ރައިޓްސްއެއް ޒީ ސްޓޫޑިއޯއަށް ސަލްމާން މިހާރު ވަނީ 230 ކަރޯޑް ރުޕީސްއަށް ވިއްކާލާފައެވެ. އެގޮތުން ފިލްމުގެ ތިއޭޓަރ ރައިޓްސް އާއި ސެޓެލައިޓް ރައިޓްސްގެ އިތުރުން ޑިޖިޓަލް އަދި މިއުޒިކް ރައިޓްސްވެސް މިހާރު ވަނީ ޒީ ސްޓޫޑިއޯއަށް ވިއްކާލާފައެވެ. މިއީ ކޯވިޑްގެ މި ނުތަނަވަސްކަމުގެ ތެރޭގައި މިފަދަ ގޮތަކަށް ބޮލީވުޑްގައި ނިންމާލި އެންމެ އަގުބޮޑު ވިޔަފާރިއެވެ.

މިހާރު ބޮޑަށް ބެލެވޭގޮތުގައި މި އަހަރުގެ ފިތުރު އީދުގައި މި ފިލްމު ބެލުންތެރިންނަށް ފެންނަވަރު ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.