އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް

އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް

Author
އަހުމަދު
26 ޖެނުއަރީ 2026 09:51
0

އޮސްޓްރޭލިޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، އޮސްޓްރޭލިޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޒަމާންވީ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޢާންމުކުރެއްވި މެސެޖުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި ގަވަރުނަރ ޖެނެރަލްގެ އިތުރުން އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ދެމެހެއްޓެަނިވި ކާމިޔާބީއާއި އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި އޮސްޓްރޭލިޔާއިން އަދާކުރަމުންދާ ދައުރުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިޔާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ މިހާރު ވަނީ ބައި ޤަރުނަށްވުރެ ގިނަ ދުވަސްވެފައެވެ. ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.