ގއ. ވިލިނގިއްޔަށް އުފަން، އަދި ދިވެހި މަސްވެރިންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރުމުގައި ފާހަގަކޮށްލެވޭ އަލީ ރަޝީދު (މަސްވެރި އަލިބެ) އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ވިލިނގިލީ ޕިންކްރޯސް، އަލީ ރަޝީދު ނިޔާވީ ސްޓްރޯކެއް ޖެހިގެން ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް، އެ ގައުމުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
މަސްވެރިކަމުގެ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އަލިބެ، އެ މަސައްކަތުން ރިޓަޔާކުރީ އޭނާގެ ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން މިދިޔަ މާޗް މަހުގެ ތެރޭގައެވެ. މަސްވެރިކަން ހުއްޓާލުމަށްފަހު، މާޗް މަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ވަޒީފާއެއްގައެވެ.
އަލިބެއަކީ މަސްވެރިންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުން ހާމަކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. މި ސަރުކާރު ގެނައުމަށްޓަކައި ވިލިނގިލީގައި ކުރެވުނު ކެމްޕޭންތަކުގައި އަމަލީގޮތުން ބައިވެރިވި ނަމަވެސް، ފަހުން މަސްވެރިންނާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެހެންނަމަވެސް، ފަހަކަށް އައިސް އަލިބެގެ ވިސްނުން ބަދަލުވެ، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ފާޑުކިޔުން ހުއްޓާލާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ