ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ، ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މީޑިއާގައި ދެއްކެވި ވާހަކަތަކާ މެދު ހިތާމަކުރައްވާ ކަމަށް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ވިދާޅުވެއްޖެއެވެ. ލަންކާގެ ނޫހެއް ކަމަށްވާ 'ޑެއިލީ ނިއުސް' އަށް މައުލޫމާތު ދެއްވަމުން ސަފީރު މަސްއޫދު ވިދާޅުވެފައިވަނީ، އެ ގައުމަށް ޒިޔާރާތްކުރާ ހަންގަނޑު ދޮން ބޭރު މީހުންނާއި ދިވެހިންނާ ދެމެދު އެ ގައުމުގެ އިމިގްރޭޝަނުން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން 'ލިންކްޑިން' ގައި މީހަކު ކުރި ޕޯސްޓަކަށް ކޮމެންޓު ކުރައްވަމުން، ތަޖުރިބާކާރު ޑިޕްލޮމެޓް ޑރ. ހާލާ ވިދާޅުވީ ސަފީރުންގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ ސަފީރުކަން ކުރައްވާ ގައުމަށް އިހުތިރާމުކޮށް ޑިޕްލޮމަސީގެ އުސޫލުތައް ދެމެހެއްޓުން ކަމަށެވެ. އަދި ޚިދުމަތުގައި ހުރި ފޮރިން ސާވިސް އޮފިސަރެއްގެ ހައިސިއްޔަތުން ކޮންސިއުލާ މައްސަލަތައް މީޑިއާ މެދުވެރިކޮށް ގެންނަވާފައިވާ ގޮތާ މެދު ހިތާމަކުރައްވާ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރެވޭނީ ބިނާކުރަނިވި ގޮތެއްގައި މަޝްވަރާކޮށްގެން ކަމަށް ހާލާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ