ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީނަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ. މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިންސީ ގޯނާކުރުމުގެ ކުށާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ހާމަވެ، ރައްޔިތުންގެ މަޖިލީހުން ފަޒީން ވަކިކުރުމުގެ މަސައްކަތް ފަށައިފައި ވަނިކޮށް، އޭނާ ވަނީ މިދިޔަ އަހަރުގެ މާޗު މަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެހެންނަމަވެސް އޭރު ފަޒީން ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، ތުހުމަތު ކުރެވޭ ބުނުމެއް ފިޔަވައި ގުޅުވައިލެވޭނެ އެއްވެސް ހެއްކެއް ދެއްކިފައި ނުވާކަމަށް އޭނާގެ ވަކީލުންގެ ޓީމުން ބަޔާން ނެރެފައިވެ އެވެ.
ކޮމެންޓު ފޮނުވާ