އައްޑޫގެ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކުން ހައްޔަރުކުރި 5 މީހުންގެ ބަންދު އިތުރުކޮށްފި

އައްޑޫގެ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކުން ހައްޔަރުކުރި 5 މީހުންގެ ބަންދު އިތުރުކޮށްފި

Author
ހުސައިން
04 ޖެނުއަރީ 2026 04:40
0

އައްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހައްޔަރުކުރި 5 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ މައިލޯއަށް ނިސްބަތްވާ އަލީ ނަދީމް، ހާފިޒު ފައުޒީ، އިބްރާހިމް ސިރާޖު، ހަސަން އަލްފާފް އަދި އަމީން މުހައްމަދެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ނަދީމް، ހާފިޒް އަދި ސިރާޖުގެ ބަންދު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. އަލްފާފާއި އަމީންގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24 ގައި ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ބައެއް ކަމަށެވެ. ފާއިތުވި 5 އަހަރުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ނަދީމްގެ ބަންދުގެ އަމުރާއި ގުޅިގެން އޭނާގެ ފަރާތުން މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް ފުރަތަމަ ކޯޓުން ބަލައިނުގަތުމަށް ނިންމިއެވެ. އެހެންނަމަވެސް މިހާރު އެ މައްސަލަ ބަލައިގަނެ ހައި ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.