ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ

ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ

Author
އައިޝަތު އަޙްމަދު
01 ޖެނުއަރީ 2026 09:49
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްދަނެތި ސިމްކާޑާއި ބޭރު ފައިސާ ވިއްކާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެއާޕޯޓުގައި ގަވާއިދާ ހިލާފަށް އެފަދަ ވިޔަފާރިތައް ކުރާ މައްސަލަ ފެންމަތިވެފައިވާއިރު ދާދި ފަހުން ބިދޭސީއަކު ހުއްދަނެތި ޑޮލަރު ވިއްކައިގެން ހައްޔަރު ވެސްކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނީ އެއާޕޯޓުގައި ވިޔަފާރިކުރެވޭނީ ލައިސަންސް އޮވެގެން އެ ކުންފުންޏާއެކު އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ވިޔަފާރިތައް ކުރެވޭނީ ހާއްސަ ކައުންޓަރުތަކުން ކަމަށާއި މުވައްޒަފުން ޔުނީފޯމް ލައި ފާސް އޮންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެއާޕޯޓު ބޭނުންކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމަށާއި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.