ފުވައްމުލަކު ކައިރީގައި ދިޔަވި ބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ފުވައްމުލަކު ކައިރީގައި ދިޔަވި ބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސައިން
01 ޖެނުއަރީ 2026 09:44
0

ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"ހަވާސާ" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:23 ހާއިރު ލިބުމާއެކު، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ޕަންޕާއެކު އެ ސަރަހައްދަށް ދިއުމަށްފަހު ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަންނަމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ 14:10 ހާއިރުގައެވެ. މި އޮޕަރޭޝަނުގައި މޯލްޑިވްސް ސަރވިސްއިންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.