2026 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައި ޖަރުމަން ރައްޔިތު އެންޑްރޫ ހެލްވެގާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު ޚާއްސަ މަރުޙަބާ ކިޔައިފިއެވެ.
އުމުރުން 54 އަހަރުގެ އެންޑްރޫގެ ދެމަފިރިން ރާއްޖެ އައީ މިއަދު ހެނދުނު އެއްތިހާދު އެއާވޭސްގެ ފްލައިޓަކުންނެވެ. މިއީ އެ ދެމަފިރިން ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ. މި ފަސިންޖަރަށް މަރުހަބާ ދެންނެވި ވީއައިއޭގެ ޕެސެންޖަރ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގު، އެ ރަސްމިއްޔާތުގައި ހަދިޔާތަކެއް ވެސް އެ ދެމަފިރިންނަށް ހަވާލު ކުރެއްވިއެވެ. އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮންމެ އަހަރަކު ބާއްވާ ޚާއްސަ ހަފްލާއެކެވެ.
ކޮމެންޓު ފޮނުވާ