ޒަކާތު ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި

ޒަކާތު ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި

Author
ހުސައިން
01 ޖެނުއަރީ 2026 09:12
0

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތަށް ހާއްސަ ގާނޫނެއް މިއަދު ތަންފީޒުކުރަން ފަށައިފިއެވެ. މި ގާނޫނުގެ ދަށުން މުދަލު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސާއި މީރާއާ ދެމެދު އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުން އިސްލާމީ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާންކުރެއްވިއެވެ.

މިދިޔަ ޑިސެމްބަރު 6 ވަނަ ދުވަހު ތަސްދީގުކުރެއްވި މި ގާނޫނުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކާއި ނިސާބުގެ އުސޫލުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޒަކާތުގެ ފައިސާ ބެލެހެއްޓުމަށް އެމްއެމްއޭގައި ޒަކާތު ފަންޑެއް އުފައްދާނެއެވެ. ގާނޫނާ ހިލާފަށް ޒަކާތުގެ ފައިސާ ބޭނުންކުރާ ފަރާތްތަކަށް 1،000 ރުފިޔާއިން 100،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ 9 މެންބަރުންގެ ޒަކާތު ކައުންސިލެއް އެކުލަވާލައްވަންޖެހެއެވެ. އަދި ޝަރުޢީ ލަފައާއި އިރުޝާދު ދިނުމަށް ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އުފެއްދެވޭނެއެވެ. ވަޒީރު ވިދާޅުވީ މި ގާނޫނުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ހައްގުވެރިންނަށް ހަމަހަމަކަމާއެކު ޒަކާތު ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.