ވީއައިއޭގެ އައު ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި

Author
ހުސައިން
01 ޖެނުއަރީ 2026 09:10
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް، ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މި ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވަނީ 26 ޖުލައި 2025 ގައި އައު ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އެމްއޭސީއެލްގެ މުވައްޒަފުން ޢާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކޮށް، އަމިއްލަ ނަފްސު އެއްފަރާތްކޮށް ކުންފުނި ވަންތަކުރުމަށް މަސައްކަތްކުރިކަމަށް ޝަރީފު ވިދާޅުވިއެވެ.

މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް، ކުންފުނި އައު އުސްމިންތަކަކަށް ގެންގޮސް 2025 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރަކަށް 2026 ވަނަ އަހަރު ހެދުމަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. ޓާމިނަލް 1 އިން މިހާރު 41 އެއާލައިނަކަށް ޚިދުމަތް ދެމުންދާއިރު، މިހާތަނަށް 600،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާކަން އެމްއޭސީއެލްއިން ހާމަކުރިއެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު ތާރީޚީ ކުލަގަދަ ހަފުލާއަކާއެކު މި ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.