ސްކޫލް ބަންދުގައި އުމްރާ ދަތުރުތައް އިތުރުވުމާ ގުޅިގެން މޯލްޑިވިއަނުން ޖިއްދާ ފްލައިޓްތައް އިތުރުކޮށްފި

ސްކޫލް ބަންދުގައި އުމްރާ ދަތުރުތައް އިތުރުވުމާ ގުޅިގެން މޯލްޑިވިއަނުން ޖިއްދާ ފްލައިޓްތައް އިތުރުކޮށްފި

Author
ހުސައިން
29 ޑިސެމްބަރ 2025 03:03
0

ސްކޫލް ބަންދުގެ މޫސުމުގައި އުމްރާއަށް ދާ ރާއްޖެތެރިންގެ އަދަދު އިތުރުވަމުން އަންނަތީ ގައުމީ އެއާލައިން މޯލްޑިވިއަނުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މި މަހުގެ 27 އަދި 28 ވަނަ ދުވަހު މާލެއިން ޖިއްދާއަށް ތިން ޚާއްސަ ފްލައިޓެއް ބާއްވާނެ ކަމަށް މޯލްޑިވިއަނުން މި މަހުގެ 13 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އަދި އަންނަ ޖަނަވަރީ 10، 11 އަދި 12 ގައި ޖިއްދާއިން މާލެއަށް އަންނަން ފްލައިޓްތައް ތާވަލުކޮށްފައިވެއެވެ.

މޯލްޑިވިއަންގެ ޕޭރެންޓް ކުންފުނި އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ޖިއްދާ އަދި އިންޑިޔާގެ ކޮޗިން އަދި ޓްރިވަންޑްރަމަށް ކުރާ ދަތުރުތަކަށް ޑިމާންޑް އިތުރުވެފައިވާތީ އެ މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖިއްދާއަށް 20 އަށްވުރެ ގިނަ ޚާއްސަ ދަތުރު ޝެޑިއުލްކޮށްފައިވާއިރު ކޮޗިން އަދި ޓްރިވަންޑްރަމަށް ކުރާ ދަތުރުތައް 10 އަށްވުރެ ގިނައިން އިތުރުކޮށްފައިވާކަމަށް އައިއޭއެސްއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.