ވީއައިއޭއިން މިއަދު 27،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި

ވީއައިއޭއިން މިއަދު 27،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި

Author
ޙަސަން މުޙައްމަދު
28 ޑިސެމްބަރ 2025 11:29
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު 27،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މި އަހަރު ވީއައިއޭ އިން އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ދެވަނަ ދުވަހަށްވެގެން ދާއިރު، އިންޓަރނޭޝަނަލް ޓާމިނަލުން 22،142 ފަސިންޖަރުންނަށާއި ޑޮމެސްޓިކް ޓާމިނަލުން 4،843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިއަދަކީ އެއަރޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށާއި، ފަސިންޖަރުންނަށް ލުއިފަސޭހަ ތަޖުރިބާއެއް ދިނުމަށް ޚާއްސަ ޕްލޭންތަކެއް ރާވައިގެން ކުރިއަށްދާނެ ކަމަށެވެ. އައު އަހަރު ފާހަގަކުރުމަށް އަންނަ މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ ބާރު ބޮޑު ދުވަސްވަރަކަށްވާއިރު، މިއަދު 239 އެއަރ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.