ރ.އަތޮޅުގެ ކޮންމެ ރަށަކަށް 10 ޝީޓުގެ ބަގީއެއް ދިނުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މި ނިންމުން ފާސްކޮށްފައިވަނީ އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒުމީން ހުށަހެޅުއްވި ހުށަހެޅުމަކަށް ތާއީދުކޮށްގެންނެވެ. މި ނިންމުމަށް ދެކޮޅު ހެއްދެވީ ދުވާފަރު ކައުންސިލް ރައީސް ހަސަން ހަކީމެވެ.
ބަގީއެއް ގަތުމަށް ކޮންމެ ރަށެއްގެ ކައުންސިލަކަށް 150،000 ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. އެފައިސާ މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުރިހާ ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމަށް ވަނީ ނިންމާފައެވެ. ރ.އަތޮޅު ކައުންސިލް އިދާރާއަށްވެސް މިގޮތުން ބަގީއެއް ލިބިގެންދާނެއެވެ. ބަގީގެ ހިދުމަތަކީ މިހާރު ރަށްރަށުގައި ވަރަށް ބޮޑަށް ޑިމާންޑްވާ ހިދުމަތަކަށްވެފައި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ބަގީ ގަނެގެން ވިޔަފާރި އުސޫލުން ބޭނުންކުރަމުން އަންނައިރު، އަތޮޅު ކައުންސިލުން މި ނިންމުން ނިންމި ސަބަބު ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ