ސުލޫކީ މައްސަލަ ސާބިތުވެ ވަކިކުރި ކުރީގެ ފަނޑިޔާރުން ހައިކޯޓަށް އަލުން ކުރިމަތިލައްވައިފި

ސުލޫކީ މައްސަލަ ސާބިތުވެ ވަކިކުރި ކުރީގެ ފަނޑިޔާރުން ހައިކޯޓަށް އަލުން ކުރިމަތިލައްވައިފި

Author
ހުސައިން
26 ޑިސެމްބަރ 2025 10:57
0

ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ދެ މަގާމު ހުސްވީ، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ކުރީގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ސުލޫކީ މައްސަލަތަކެއް ސާބިތުވެ މަގާމުން ވަކިކުރަން ނިންމުމުން ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދިން ޝުޖާއު ވަނީ މީގެ ކުރިން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. 10 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގައި މަސައްކަތް ކުރެއްވި ރައޫފު ވެސް ވަނީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން އިސްތިއުފާދެއްވާފައެވެ. ފަނޑިޔާރުކަމުން ވަކިވުމަށްފަހު ރައޫފު ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ކެޔޮދޫ ދާއިރާއަށް މަޖިލީހަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބުން ރައޫފަށްވީ ނާކާމިޔާބެވެ.

ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވައެވެ. ކުރިމަތިލީ މީހުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.