1އެމްޑީބީ ޚިޔާނާތުގައި ނަޖީބާއި ޖޯ ލޯގެ ގުޅުން އޮތްކަމަށް ސާބިތުވެ، އިތުރު ޖަލު ހުކުމެއް

1އެމްޑީބީ ޚިޔާނާތުގައި ނަޖީބާއި ޖޯ ލޯގެ ގުޅުން އޮތްކަމަށް ސާބިތުވެ، އިތުރު ޖަލު ހުކުމެއް

Author
އަހުމަދު
26 ޑިސެމްބަރ 2025 03:46
0

މެލޭޝިއާގެ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1އެމްޑީބީ)ގެ ބިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި ފިލައިގެން އުޅޭ ފައިނޭންޝަރު ޖޯ ލޯއާ ދެމެދު ސާފު ގުޅުމެއް އޮތް ކަމަށް މެލޭޝިއާގެ ކޯޓުން ނިންމާއިފިއެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ ކޮލިން ލޯރެންސް ސެކެރާ ވިދާޅުވީ، ގިނަ ހެކިވެރިން ލޯ ސިފަކުރީ ނަޖީބާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ގޮތުގައި ކަމަށާއި، 1އެމްޑީބީގެ މުއާމަލާތްތަކުގައި ނަޖީބުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށެވެ. ނަޖީބު ވަނީ އޭނާ އޮޅުވާލައިފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ނަޖީބު ވެރިކަމުގައި ހުންނަވައިގެން 2009 ވަނަ އަހަރު އުފެއްދި 1އެމްޑީބީ އިން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާއިރު، ނަޖީބާ ގުޅުން ހުރި އެކައުންޓްތަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

2022 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން ޖަލުގައި ހުންނަވާ ނަޖީބުގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން ވެސް ވަނީ ސާބިތުވެފައެވެ. މިއަދު ކޮރަޕްޝަންގެ އިތުރު ހަތަރު ދައުވާއަކާއި މަނީ ލޯންޑަރިންގެ 21 ދައުވާއެއްގައި ވެސް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދައުވާތައް ސާބިތުވުމުން 15 އަހަރާއި 20 އަހަރުގެ ޖަލުހުކުމެއް ނަޖީބުގެ މައްޗަށް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.