ހުޅުމާލެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
25 ޑިސެމްބަރ 2025 03:50
0

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވާ މީހަކީ ހ. ބްރައުންހައުސް، މުހައްމަދު ނަދީމް، 41، އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމެންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކޮށްފައިވާ ކޯޓުން ފަސް ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.