ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް، ޓާމިނަލް 1 އިން ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. މި ބަދަލު ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓާމިނަލްގައި ގަތަރު އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރު ކުރި ދަތުރުވެރިންނަށް ހަދިޔާ ވަނީ ދީފައެވެ.
ގަތަރު އެއާވޭސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމާއެކު، އެ ޓާމިނަލުން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު 38 އަށް އަރާފައިވެއެވެ. އެމްއޭސީއެލްއިން ބުނީ އެއްވެސް އެއާލައިނަކަށް ވިޔަސް އެންމެ މަތީ ފަންތީގެ އަދި އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ. އެންމެ ފަހުން ޓާމިނަލް 1 އަށް ބަދަލުވި އެއާލައިންތަކުގެ ތެރޭގައި އައިޓީއޭ އެއާވޭސް، އެއާ ފްރާންސް އަދި އެމިރޭޓްސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ