އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސްކޮށްފި

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސްކޮށްފި

Author
އަހުމަދު
21 ޑިސެމްބަރ 2025 08:14
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސްކޮށްފި އެވެ.

މީގެ ކުރިން އެ ޕާޓީން ނިންމާފައި އޮތީ ޕްރައިމަރީ އަންނަ މަހުގެ 30 ގައި ބާއްވާ ގޮތަށެވެ. މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެމްޑީޕީން ވަނީ ޕްރައިމަރީއަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައިފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިލެކްޝަން ކޮމިޝަން (އީސީ)ން މައުލޫމާތު ދިން ގޮތުގައި، ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމަށް އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ހުޅުވާލުމަށްފަހު، އެކަމަށް ދެވޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށް ވާތީ، ޕްރައިމަރީ އަވަސްކުރަން ނިންމި ކަމަށެވެ.

މި ބަދަލާ ގުޅިގެން އެ ޕާޓީގެ ޕްރައިމަރީގެ ވޯޓްލާނީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހު މެންދުރު 2:30 އިން ރޭގަނޑު 8:00 އަށެވެ. އިންތިހާބަށް އެ ޕާޓީން ކުރިން ހެދި ޓައިމްލައިން މިހާރު ބާތިލްކޮށްފައިވާ ކަމަށާއި، އީސީން ދާއިމީ ރިޖިސްޓްރީ އާންމުކުރުމުން އާ ޓައިމްލައިން އިއުލާންކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.