ސިޑްނީގެ ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސިޑްނީގެ ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Author
އަހުމަދު
16 ޑިސެމްބަރ 2025 06:03
0

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޔަހޫދީން ފާހަގަކުރި ދީނީ ހަރަކާތެއް ބާއްވަމުން ދަނިކޮށް ހިނގި މި ހަމަލާގައި 15 މީހަކު މަރުވެ 40 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ހާދިސާތަކަށް މުޖުތަމައުގައި ޖާގައެއް ނޯންނާނެ ކަމަށާއި ކުށެއް ނެތް މައުސޫމު ބަޔަކު މަރާލި މި ހަމަލާ ކުށްވެރިކުރާ ކަމަށެވެ. މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުން އޮންނަނީ އޮސްޓްރޭލިއާ ސަރުކާރާ އެކު ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ޓެރަރިޒަމްގެ މިފަދަ ހަމަލާތަކާ ދެކޮޅަށް އަބަދުވެސް ބަސްބުނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.