ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ދޮޅު މަސް ތެރޭގައި ނިންމަނީ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ދޮޅު މަސް ތެރޭގައި ނިންމަނީ

Author
އަހުމަދު
14 ޑިސެމްބަރ 2025 10:59
0

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ދެން އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލުން ހާމަކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި ހުޅުމާލެ ތިންވަނަ ފިޔަވަހިން ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 31 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވެއެވެ. މި މަސައްކަތުގެ 49.2 ޕަސެންޓް މިހާރު ނިމިފައިވާއިރު މަސައްކަތް އަވަސްކުރުމަށް ދެ ބޮޑެތި ޑްރެޖަރު ވަނީ ގެނެސްފަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަށްފަހު ސަރުކާރުން ވަނީ ގިރާވަރުފަޅު ހިއްކުމަށް ނިންމާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.