ޔޫކޭގައި ލޮކްޑައުން ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައި، މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އޭނާގެ މަންމަ ޑރ. މަދޫ ޗޯޕްރާއާއެކު ލަންޑަންގެ ހެއާ ސެލޫނަކަށް ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓްތަކުގައި ވާގޮތުން އެމީހުން ސެލޫނަށް ދިއުމުން އިނގިރޭސި ވިލާތުގެ ފުލުހުން އެލާޓަށްއައިސް ސެލޫނަށް ދިޔަކަމަށެވެ.
އެއާއެކު ޕްރިޔަންކާ ޗޯޕްރާއަށް ވަނީ އަނގަ ބަހުން ނަސޭހަތްދީ ހަނދާންކޮށްދީފަ އެވެ. ނަމަވެސް އެއްވެސް ޖޫރިމަނާއެއް ނުކުރެއެވެ. ޔޫކޭގައި ލޮކްޑައުންގެ ފިޔަވަޅު ހަރުކަށިކޮށްފައިވަނި ފަހަކަށް އައިސް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަތިވުމާއި ކޮރޯނާގެ އައު ބާވަތެއްގެ ވައިރަސް ބާރު ސްޕީޑްގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ.
ޚަބަރުތަށް ބުނާގޮތުން ޕްރިޔަންކާ އާއި އޭނާގެ މަންމަ ސެލޫން ޕްރައިވެޓްކޮށް ބުކްކޮށްފައިވަނީ މަޝްހޫރު ހެއަރ ސްޓައިލިޝްޓް ޖޯޝް ވުޑް އާއެކު އެވެ. ޕްރިޔަންކާގެ ބޮލުގައި ކުލަޖައްސާފައިވަނީ ލަންޑަންގައި އޭނާ މިހާރު ޝޫޓް ކުރަމުންދާ ފިލްމަކަށް ކަމަށް ޖޯޝް ވުޑްގެ ސެލޫންގެ ސޯޝަލް މީޑިއާ އެކައުންޓުން އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
ޖޯޝް ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވައިދުތަކާއެކު ހެއާ ސެލޫން ޕްރައިވެޓުކޮށް ހުޅުވާފައިވަނީ އެތާގެ އެންމެން ޓެސްޓުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ގަވައިދުތަކަށް އިހުރިރާމްކުރާކަމަށާއި މިދިޔަ 10 މަސްތެރޭވެސް ސެލޫންގެ މުވައްޒަފުންނާއި ހިދުމަތް ހޯދަން އަންނަ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދީފައި ވާނެ ކަމަށް ޖޯޝް ވުޑްގެ ސެލޫނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
Following recent press articles, Josh would like to share this statement with his valued community.
We have absolute respect for the government regulations and have hard to ensure we not only comply but go above and beyond to ensure the safety of our employees and our clients. pic.twitter.com/K40CVkxjtZ— Josh Wood Colour (@JoshWoodColour) January 7, 2021
ޕްރިޔަންކާ މިހާރު މަސައްކަތް ކުރަމުންދަނި އިނގިރޭސި ފިލްމް "ޓެކްސްޓް ފޯ ޔޫ"ގަ އެވެ. ޕްރިޔަންކާގެ އެންމެ އަވަހަށް ނުކުންނަން ތައްޔާރަށް ހުރި ފިލްމުތަކުގެ ތެރޭ "ދަ ވައިޓް ޓައިގާ" އަދި "މެޓްރިކްސް 4″ ވެސް ހިމެނެއެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިގެންދިޔައީ ހޮލީވުޑްގެ ފިލްމް "ވީ ކޭން ބީ ހީރޯސް" އިންނެވެ. އަދި ޕްރިޔަންކާގެ ހިންދީ ފިލްމަކަށް ސްކްރީނަށް އެންމެފަހުން އައީ 2019 ވަނަ އަހަރުގެ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.