ތަހުގީގީ ބޭނުމަކަށް ކަމަށްބުނެ ފުލުހުން ހިފަހައްޓާފައި އޮތް ފޯނެއް، ދައުވާއެއް ކުރުމުން އޭގެ ވެރިފަރާތަށް ހަވާލުކޮށްދީފިއެވެ.
މިދިޔަ އޮކްޓޯބަރު 21 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ފުލުހުން އެ ފޯނު ހިފަހައްޓާފައިވާއިރު، އެ މުއްދަތު ހަމަވެފައިވަނިކޮށް ފޯނު އަނބުރާ ދީފައެއް ނުވެއެވެ. މުއްދަތު އިތުރުކުރުމަށް ކޯޓަށް އެދިފައިވެސް ނުވެއެވެ.
މިކަމާ ގުޅިގެން ފޯނުގެ ވެރިފަރާތުން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް މުދާ ހޯދުމުގެ އަމުރަކަށް ހުށަހެޅުމާ އެކު، ފުލުހުން ވަނީ އެދުވަހު ފޯނު އަނބުރާ ހަވާލުކޮށްދީފައެވެ.
ފޯނު އަނބުރާ ލިބިފައިވާތީ އަމުރަށް އެދުނު މައްސަލަ ބާތިލްކޮށްދިނުމަށް ހުށަހެޅި ފަރާތުން އެދުމުން، ކޯޓުން އެ މައްސަލަ މިހާރު ވަނީ ބޭރުކޮށްލައިފައެވެ.
ކޮމެންޓު ފޮނުވާ