ބަންގުލަދޭޝްގައި އަންނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ބައިވެރިނުވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަވާމީ ލީގުން ނިންމައި ބަޔާނެއް ނެރެފިއެވެ.
އެ ޕާޓީން ބުނީ އިންތިހާބުގެ ކަންކަން ކުރިއަށްދާނެ ގޮތް ދިރާސާކުރުމަށްފަހު މިނިވަން އިންތިހާބެއް ބޭއްވިދާނެ ކަމަށް ނުބެލެވޭތީ މި ނިންމުން ނިންމީ ކަމަށެވެ. މިހާރުގެ ވަގުތީ ސަރުކާރުން ކޮންޓްރޯލް ކުރާ އިލެކްޝަން ކޮމިޝަނަކީ ގަވާއިދާ ހިލާފަށް ކުރިއަށްދާ ކޮމިޝަނެއް ކަމަށާއި އެއްވެސް ފަރާތަކަށް ނުޖެހޭ އަދި ދެފުށްފެންނަ އިންތިހާބެއް ބާއްވާނެ ކަމަށް ނުބެލެވޭ ކަމަށް އަވާމީ ލީގުން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަންގުލަދޭޝްގެ ސަރުކާރުން މީގެ ކުރިން ވަނީ އަވާމީ ލީގު އެގައުމުގެ އެއްވެސް އިންތިހާބަކަށް ބައިވެރިނުވެވޭނެ ގޮތަށް ސަސްޕެންޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ