އޮސްޓްރޭލިޔާގެ ސޯޝަލް މީޑިއާ ގާނޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

އޮސްޓްރޭލިޔާގެ ސޯޝަލް މީޑިއާ ގާނޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

Author
އަހުމަދު
12 ޑިސެމްބަރ 2025 10:06
0

އޮސްޓްރޭލިޔާއިން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް، މި ހަފްތާގެ ބުދަ ދުވަހު އަމަލުކުރަން ފެށި ގާނޫނާ ދެކޮޅަށް މަޝްހޫރު އޮންލައިން ޕްލެޓްފޯމް ރެޑިޓުން އެ ގައުމުގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި ގާނޫނުގެ ދަށުން ރެޑިޓް ހިމެނޭހެން 10 ޕްލެޓްފޯމަކުން 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ނުހުޅުވޭނެ ގޮތް ހެދުން ލާޒިމުކޮށްފައިވެ އެވެ. ރެޑިޓުން ބުނީ މި ގާނޫނަކީ ޕްރައިވެސީއަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގާނޫނެއް ކަމަށެވެ. ނަމަވެސް އޮސްޓްރޭލިޔާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ވިދާޅުވީ ބޮޑެތި ޓެކް ކުންފުނިތަކުގެ ގާނޫނީ އިންޒާރުތަކަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށާއި، ސަރުކާރުން ދެމިއޮންނާނީ ބެލެނިވެރިންގެ ހައްގުގައި ކަމަށެވެ.

މީގެ އިތުރުން ނިއު ސައުތު ވޭލްސް އަށް ނިސްބަތްވާ 15 އަހަރުގެ ދެ ކުއްޖަކު ވެސް ވަނީ މި ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މި ގާނޫނާ ޚިލާފުވާ ޕްލެޓްފޯމްތަކަށް 50 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.