މި އަހަރުގެ އޭޕްރީލް މަހު އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ދެ ވިޔަފާރިވެރިން މިއަދު ދޫކޮށްލައިފި އެވެ.
ދޫކޮށްލާފައިވަނީ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އެވެ. މި ދެ މީހުންގެ އިތުރުން ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ވެސް ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ މި މީހުން ދޫކޮށްލީ ވައްކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެކި ނެތުމުން ކަމަށެވެ. މި މައްސަލާގައި ކަސްޓަމްސްގެ ކުރީގެ އޮފިސަރު މުއާޒު އަލީ އަދިވެސް ހުރީ ބަންދުގަ އެވެ.
ކޮމެންޓު ފޮނުވާ