އެމްޑީޕީ ވަކި މީހެއްގެ ފަހަތުގަ ނޯންނާނެ: ޣަފޫރު

އެމްޑީޕީ ވަކި މީހެއްގެ ފަހަތުގަ ނޯންނާނެ: ޣަފޫރު

Author
އަހުމަދު
09 ޑިސެމްބަރ 2025 03:15
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތީ ވަކި ލީޑަރެއްގެ ފަހަތުގައި ނޫންކަމަށާއި، ޕާޓީ އެތެރޭގައި ޚިޔާލު ތަފާތުވުން އޮންނަކަމަށް ޕާޓީގެ ވަޤުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ޕާޓީ ފެށުނީއްސުރެ ޚިޔާލު ތަފާތުވުން އޮންނަކަމަށާއި، އެމްޑީޕީ އެކަން ގަބޫލުކޮށްގެން ކުރިއަށް ދާކަމަށެވެ. މެންބަރުން އެމްޑީޕީގައި ތިބުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުން ނުދުވުމަށް ޗެއަރޕާސަން ގޮވާލެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މެންބަރުން އެކިއެކި ގޮތްގޮތަށް ވިސްނުމުގެ ސަބަބުން ދަތިތަކެއް އުފެދިދާނެކަމަށް ވިދާޅުވެ، ޕާޓީ ބައިބައިނުވެ އެކުގައި ކުރިއަށްދިއުމަށް މަސައްކަތްކުރާކަމަށް ޣަފޫރު ވިދާޅުވިއެވެ.

ވަޤުތީ ޗެއަރޕާސަންގެ މަޤާމަށް ޣަފޫރު އިންތިޚާބުކުރީ ރޭ ބޭއްވި ޤައުމީ މަޖިލީހުންނެވެ. ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓު ލިބިގެން ޣަފޫރު އެ މަޤާމަށް ހޮވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.