ކެނެޑާއިން ސީރިޔާ ޓެރަރިޒަމް ލިސްޓުން އުނިކޮށްފި

ކެނެޑާއިން ސީރިޔާ ޓެރަރިޒަމް ލިސްޓުން އުނިކޮށްފި

Author
އަހުމަދު
07 ޑިސެމްބަރ 2025 08:44
0

ކެނެޑާ ސަރުކާރުން އެކުލަވާލާފައިވާ ޓެރަރިޒަމަށް ތާއީދުކުރާ ގައުމުތަކުގެ ލިސްޓުން ސީރިޔާ ވަކިކުރުމަށް ނިންމައި އިއްޔެ އިއުލާންކޮށްފިއެވެ. އިނގިރޭސިވިލާތާއި އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ނިންމި ނިންމުމާއެކު މިފަދަ ގޮތަކަށް ކަންތައް ކުރުމަށް ނިންމި ކަމަށް ކެނަޑާގެ ގްލޯބަލް އެފެއާޒް އިން ބުނެފައިވެއެވެ.

ސީރިޔާ އެލިސްޓުން ވަކިކުރީ ވަރަށް ގިނަ ކަންކަން ބަލައި ދިރާސާކުރުމަށްފަހު ކަމަށާއި، މިއީ އެގައުމުގެ އާންމުންގެ ރައްކާތެރިކަމާއި ސަލާމަތް ލުއިކޮށް ނިންމި ނިންމުމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ. ސީރިޔާ ސަރުކާރުން އެގައުމަށް ގެންނަމުންދާ ބަދަލުތަކާއި ކުރިއެރުންތައް ފާހަގަވާ ކަމަށާއި، ސީރިޔާއާއި އެގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ކެނަޑާ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.