މޯލްޑިވިއަން އާއި އެއާ އިންޑިއާ އާއެކު ދަތުރުވެރިންނަށް ފަސޭހަތައް އިތުރުކުރަން އެއްބަސްވުމެއް ހަދައިފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އާއެކު ދަތުރުވެރިންނަށް ފަސޭހަތައް އިތުރުކުރަން އެއްބަސްވުމެއް ހަދައިފި

Author
އަހުމަދު
06 ޑިސެމްބަރ 2025 08:25
0

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އިންލިޔާގެ އެއާ އިންޑިއާ އާއި ދެމެދު ދަތުރުވެރިކަމުގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން، އެއާ އިންޑިއާގެ ފްލައިޓްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކުގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމާ އެކު ނިއުދިއްލީ އާއި މުމްބާއީން ރާއްޖެއަށް އަންނަ ފަސިންޖަރުންނަށް ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ފްލައިޓްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ ކަމަށެވެ. މިހާރު މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ހިންގަމުން އެބަދެ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ދަތުރުކުރުން އިތުރަށް ފަސޭހަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުން ހާސިލްކުރެވުނު ކާމިޔާބެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސާ ނިޕުން އަގަރަވާލް ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިޔާގެ ފަތުރުވެރިން ވަރަށް ބޮޑަށް ލޯބިކުރާ މަންޒިލެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށް އިންޑިޔާގެ ފަތުރުވެރިން ދަތުރުކުރުން މާ ފަސޭހަވެގެންދާނެ ކަމަށެވެ. މޯލްޑިވިއަނުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކާ އެކު މިފަދަ ބައިވެރިވުމުގެ އެއްބަސްވުންތައް ހަދަމުން އަންނަތީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީވެގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.