ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންގެ ހިޔާލު ހޯދަނީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންގެ ހިޔާލު ހޯދަނީ

Author
އަހުމަދު
04 ޑިސެމްބަރ 2025 11:58
0

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވައްސަށް އާންމުންގެ ހިޔާލު ހޯދުމަށް އެމްޓީސީސީން ސާވޭއެއް ފަށައިފި އެވެ.

މި ފިޔަވަހީގައި ތަރައްގީކުރާނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ. މި މަސައްކަތުގެ ތެރެއިން ބަނދަރު ތެރެއިން ހަތް މީޓަރުގެ ސަރަހައްދެއް ހިއްކައި، ކީވޯލް އަލުން ހަދައި، މަގުގައި ތާރު އެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ އެވެ. އަދި މީހުން ހިނގާނެ ސަރަހައްދާއި ގަސް އިންދާނެ ތަންތަނާއި އުޅަނދު ދުއްވާ ލޭނުތައް ވެސް ކަނޑައަޅާނެ އެވެ.

ގާތްގަނޑަކަށް 144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވާ ގޮތުގައި މި މަޝްރޫއަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ފެށި އެންމެ މުހިއްމު މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.