ދައުރު ފުރިހަމަކުރައްވާ ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި 30،00 ދޭން ފާސްކޮށްފި

ދައުރު ފުރިހަމަކުރައްވާ ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި 30،00 ދޭން ފާސްކޮށްފި

Author
އަހުމަދު
01 ޑިސެމްބަރ 2025 07:40
0

ދައުރު ފުރިހަމަކުރެއްވި ނައިބު ރައީސުންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ހުށަހެޅި 25،000 ރުފިޔާ، 30،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު އެ ނިންމުން ފާސްކޮށްފިއެވެ.

އެގޮތުން މިދިޔަ ބުރާސްފަތީގައި ހުށަހެޅި ބިލްގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކުރަން ހިމެނި އިރު، އޮތީ 25،000ރ. އިނާޔަތެއް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލް ދިރާސާކޮށް ފާސްކުރީ އެ އަދަދު 30،000ރ. އަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭ ގޮތަށް ގާނޫނަކު ނޯވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަރާތްތަކަށް ވެސް އިނާޔަތްދޭން ޖެހޭނެ ކަމަށް ޝާޑު ހުށަހެޅުއްވި އިސްލާހުގައި އޮތީ ހިމަނައިފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.

އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ވެސް ފައިސަލަށް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.