ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމް 2027 ގައި ބަދަލު ކުރަނީ

ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމް 2027 ގައި ބަދަލު ކުރަނީ

Author
އަހުމަދު
01 ޑިސެމްބަރ 2025 07:33
0

ދެހާސް ހަތާވީސް ވަނަ އަހަރުގެ ދިރާސީ އައު އަހަރާއެކު ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމަށް ބޮޑު ބަދަލެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މި ބަދަލުގެ ދަށުން ސްކޫލްތަކުގެ ޔުނިފޯމަށް ފެއްސާއި ރަތާއި ހުދާއި ނޫ ކުލަ ހަމަޖައްސާފައިވާއިރު، ކޮންމެ ސްކޫލަކަށްވެސް އެ ސްކޫލަކުން ބޭނުންވާ ކުލައެއް ޔުނިފޯމުގެ މަތީ ބަޔަށް އިޚްތިޔާރު ކުރެވޭނެއެވެ. ނަމަވެސް ޔުނިފޯމުގެ ތިރީ ބައި ކަމުގައިވާ ސޯޓު ނުވަތަ ސްކާޓް ހުންނަންޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގައެވެ.

މީގެ އިތުރުން ރަސްމީ ޔުނިފޯމުގެ އިތުރުން އެކްޓިވިޓީ ޔުނިފޯމަށްވެސް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށާއި މި ބަދަލުތަކުގެ ތަފްސީލު ސާކިއުލާއެއް މެދުވެރިކޮށް ސްކޫލްތަކަށް ފޮނުވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.