ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ރާއްޖޭގެ އައުޓްލުކް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާއިތުވި ދެ އަހަރު ކެތްތެރިކަމާއެކު ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެސްއެމްއީ އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކުރިއެރުމަކީ ހުރިހާ ވިޔަފާރިތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސްކޫލުތަކާއި ހޮސްޕިޓަލްތައް މޯގޭޖްކޮށް ގައުމުގެ ރޭޓިން އިންތިހާއަށް ދަށަށް ގޮސްފައި އޮތް ނަމަވެސް، ހިކުމަތްތެރި ލީޑަޝިޕާއެކު ރާއްޖެ އެ މާޔޫސްކަމުން ސްޓެބިލިޓީއަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ރަނގަޅުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 15 މިލިއަން ޑޮލަރުން 126 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. ސަރުކާރުން ހަރަދުތައް ކޮންޓްރޯލްކޮށް ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކުރި މަސައްކަތްތައް ވެސް މޫޑީސްއިން ބަލައިގެންފައިވެއެވެ.
ކޮމެންޓު ފޮނުވާ